ނ. ލަންދޫގައި މިސްކިތެއް އިމާރާތް ކުރުމަށް ސަރުކާރުން މާރިސް ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފިއެވެ.

210 މީހުންގެ ޖާގައިގެ މި މިސްކިތް ޢިމާރާތްކުރުމުގެ މަޝްރޫޢުއަށް 4،494.333.90 (ހަތަރުމިލިއަން ހަތަރުލައްކަ ނުވަދިހަ ހަތަރުހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ނުވަދިހަ ލާރި) ސަރުކާރުން ހަރަދު ކުރާނެއެވެ. މި މަސައްކަތް މާރިސް ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފައިވަނީ 210 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.

Ad
rt

މި މަސްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިއްޔެ ބޭއްވިވެ ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު އަލީއެވެ. އަދި މާރިސް ކޮންސްޓްރަކްޝަންސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހޙައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ވުޖޫދަށް އައުމަށް ފަހު ލަންދޫގައި ގާއިމުކުރުމަށް ނިންމި މިސްކިތަކީ 4 ވަނަ މިސްކިތްކަމަށެވެ.

މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ ލަންދޫގައި މިސްކިތްތެއް އެޅުމަށް ސަރުކާރުން ނިންމަވަނީ އެ ރަށުގެ ޙާލަތު ރަނގަޅަށް ބެލުމަށްފަހުގައިކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެކި ރަށްތަކުގައި މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.