މިހާރު ކުރިޔަށްދާ ނޭޝަންސް ލީގް ގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުންވެސް މޮޅެއް ނުލިބި އިނގިރޭސިންނަށް ތާވަލްގެ ފުލުން އެރޭ ގޮތެއް ނުވިއެވެ. ބާމިންހަމް ސިޓީގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މެޗްގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު އިނގިރޭސިން 10 ހަމަލާ ފޮނުވާލިއިރު، ގޯލާ އަމާޒް ވެފައިވަނީ 3 ހަމަލާއެވެ. އިޓަލީންވެސް ވަނީ ގޯލާ އަމާޒްކޮށް 3 ހަމަލާ ފޮނުވައިލާފައެވެ.
މި މުބާރާތުގައި މިހާތަނަށް އިނގިރޭސިންނަށް މޮޅެއް ހޯދިފައެއްނުވެއެވެ. އިނގިރޭސިން ނޭޝަންސް ލީގު ފެށީ 1-0 އިން ހަންގޭރީ އަތުން ބަލިވި މެޗުންނެވެ. އޭގެ ފަހުން ޖަރުމަނާއި އިޓަލީއާ މި ވަނީ އެއްވަރުވެފަ އެވެ. މިވަގުތު ގްރޫޕް އެއްމެފުލުގައި އޮތީ އިނގިރޭސިންނެވެ. އިޓަލީ އޮތީ އެއްވަނައިގައެވެ.
މި ގްރޫޕްގައި ދެން ކުޅުނުމެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. ހަންގޭރީ ޖަރުމަނު ބައްދަލު ކުރި މެޗް ނުމިނީ 1-1 ގެ ނަތީޖާއިންނެވެ. މެޗްގެ 6 ވަނަ މިނެޓްގައި ސޮލްޓް ނޮޖް ގެ ގޯލުން ހަންގޭރީ ވަނީ ލީޑް ނަގާފައެވެ. 9 ވަނަ މިނެޓްގައި ޖަރުމަނަށް މެޗްގެ ނަތީޖާ ހަމަ ހަމަ ކޮށްދިނީ ޖޮނަސް ހޮފްމަން އެވެ. ގްރޫޕް 2 ވަނައިގައި ހަންގޭރީ އޮތްއިރު ޖަރުމަނު އޮތީ 3 ވަނައިގައެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ނަތީޖާ
- ޔޫކްރެއިން-3 އަރުމޭނިއާ-0 ،
- އަޔަލޭންޑް-3 ސޮކޮޓްލެންޑް-0 ،
- ލިތުއޭނިއާ-1 ފޮރޭ އައިލެންޑްސް-2 ،
- ނެދަލޭންޑްސް-2 ޕޮލެންޑްސް-2 ،
- ވޭލްސް-1 ބެލްޖިއަމް-1 ،
- މޮންޓެނިގްރޯ-1 ބޮސްނިއާ-1 ،
- ލަކްޒެމްބާގް-0 ތުރުކީ-2
- ރުމޭނިއާ-1 ފިންލެންޑް-0
މިރޭވެސް މި މުބާރާތުގައި 9 މެޗެއް ކުޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!