ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބެސްޓްއޯލްރައުންޑަށް ދެވޭ ފައިސާގެ އިނާމު އެއަތޮޅު ސްކޫލްތަކާ ހަވާލުކުރަން ފަށައިފި އެވެ.

އެކައުންސިލުން ބުނީ، ވޭތުވެދިޔަ ތިންއަހަރު، ހއ.އަތޮޅު ސްކޫލްތަކުން ޖީ.ސީ.އީ އޯލެވެލް އަދި އޭލެވެލް ހެދި ދަރިވަރުންގެ ތެރެއިން ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރުންނަށް ދެވޭ ފައިސާގެ އިނާމު އެސްކޫލްތަކާ ޙަވާލުކުރަން ފަށާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މިހާތަނަށް ހަތަރު ސްކޫލަކަށް ފައިސާގެ އިނާމުވަނީ ޖަމާކޮށްދީފައިކަމަށް އެކައުންސިލުން ބުނެއެވެ،

ފައިސާގެ އިނާމު ޖަމާކޮށްދީފައިވާ ސްކޫލްތަކަކީ ތުރާކުނު ސްކޫލް، އިހަވަންދޫ ސްކޫލް، މާރަންދޫ ސްކޫލް އަދި ހއ.އަތޮޅު ތަޢުލީމީ މަރުކަޒެވެ.

އޯލެވެލް އަދި އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާހޯދާ ދަރިވަރުންނަށް އަތޮޅު ކައުންސިލުން ފައިސާގެ އިނާމު ދިނުމުގެ މަޤްޞަދަކީ ތަޢުލީމީގޮތުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމާއި ތަޢުލީމީ ޤާބިލް ދަރިންތަކެއް އަތޮޅުގައި އުފެއްދުންކަމުގައި ކައުންިސލުން ބުނެއެވެ.

ހއ.އަތޮޅު ތަޢުލީމީމަރުކަޒަށް ފައިސާގެ އިނާމު ޙަވާލުކޮށްދެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.