މިއަހަރުގެ ފިތުރު އީދު ހޭދަ ކުރި ގޮތް ހިއްސާ ކޮށްގެން އުރީދޫ އިން ހަދިޔާއެއް ލިބޭ ގިވްއަވޭއެއް ފަށައިފިއެވެ.

އެ ފުރުސަތުގެ ދަށުން ހަދިޔާ ހޯދަން ބޭނުންވާ މީހުން ޖެހޭނީ އީދު ހޭދަ ކުރި ގޮތް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރާށެވެ. މިގޮތަށް ހިއްސާ ކުރާއިރު އީދު މަޖާ ހޭޝްޓެގް ބޭނުންކޮށް އުރީދޫ ޓެގް ކުރަންވާނެއެވެ.

Ad
rt

އިންސްޓަގްރާމް، ފޭސްބުކް އަދި ޓްވިޓާގައިވެސް ފޮޓޯ ހިއްސާ ކުރެވޭނެއެވެ.

އެ ޕޯސްޓް ޕަބްލިކް ޕޯސްޓަކަށް ވާން ޖެހޭއިރު އެއް ޕޯސްޓަށްވުރެ ގިނަ ޕޯސްޓް ހިމެނިދާނެއެވެ.

އެޕޯސްޓްތައް ހިއްސާ ކުރަން ޖެހޭނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭ 23:59 ގެ ކުރިންނެވެ.

ފޮޓޯ ހިއްސާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއަކަށް އުރީދޫގެ ކަނޑޫދޫ މިރުސް ހޮޓްސޯސް ޕެކެއް ލިބޭނެއެވެ.