ދިވެހިން އާންމު ގޮތެއްގައި ސޭންޑްވިޗް ތައްޔާރުކޮށް އުޅެނީ ޕާނުގަ އެވެ.
ނަމަވެސް މިއަދު މި ގެނެސް ދެނީ ސޭންޑްވިޗް ކާން ވަރުހުންނަ ކުއްދިންނަށް “ބެލްޕެޕަރ ސޭންޑްވިޗް” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
- 4 ބެލްޕެޕަރ
- 2 ޖޯޑު ކުކުޅު ނުވަތަ ގްރައުންޑް ބީޕް
- 1 ފިޔާ ކޮށާފައި
- 1 ސަމްސާ ލުނބޯ ހުތް (ބީފް ނަމަ ލުނބޯ ބޭނުން ނުކުރާނެ)
- 2 ލޮނުމެދު (ޗޮޕްޑް)
- 1 ސަމްސާ މުގުރި އަސޭމިރުސް
- 1 ސަމްސާ ޕަޕަރިކާ ޕައުޑަރ
- 1 ސަމްސާ އޮއިސްޓަރ ސޯސް
- 1 ސަމްސާ ޗިލީ އެންޑް ގާލިކް ސޯސް
- ރަހަލާވަރަށް ލޮނު
- 1 ޖޯޑު ޗެޑަރ ޗީޒް
- 1/2 ޖޯޑު މޮޒަރެއްލާ ޗީޒް
ތައްޔާރު ކުރާނެ ގޮތް:
ބެލްޕެޕަރ މެދުން ފަޅާލުމަށްފަހު ކަރުގަނޑު ނަގާ އެތެރެ ސާފުކޮށްލުމަށް ފަހު، އަވަނަށް ލާފައި 15 މިނެޓް 200 ޑިގުރީގައި ފިހެލާށެވެ. އެކި އަވަންތަކުގައި ފިހެވޭ ވަގުތު ތަފާތުވެދާނެ އެވެ.
މި ރެސިޕީ ތައްޔާރު ކުރުމުގައި އަހަރުމެން ބޭނުން ކުރާނީ ބީފްގެ ބަދަލުގައި ކުކުޅެވެ. ކުކުޅު ރަނގަޅަށް ހިމުންކޮށްލުމަށް މިކްސްޗަރަށް އަޅާލާށެވެ. ފިޔާ، ލޮނުމެދު، މުގުރި އަސޭމިރުސް އަދި ލުނބޯ ހުތްވެސް ވަކިން މުގުރާލާށެވެ.
ދެން، ފިޔަލާއި ލޮނުމެދުލާއި އެކު މުގުރި އެއްޗެހި ތާހަކަށް އަޅާ ރަތްކޮށްލާށެވެ. ރަތްވުމުން ކުކުޅު ކޮޅު އަޅާފައި ރަނގަޅަށް ރޯފިލުވަމުން ކައްކަމުން ދާއިރު، މޮޒަރެއްލާ ޗީޒް އާއި ޗިލީ ސޯސް ފިޔަވާ އެހެން ހުރިހާ ބާވަތެއް މަސްގަނޑުގެ ތެރެއަށް އަޅަމުން ގެންދާށެވެ. ކައްކަންވާނީ މަޑުމަޑުން ހާކަމުން މަޑު ގިނީގަ އެވެ.
ރަނގަޅަށް ކެކުނީމައި ބެލްޕެޕާގެ ތެރެއަށް މަސްގަނޑު އަޅާލާފައި ބާރު ކޮށްލާށެވެ. އެއަށްފަހު މައްޗަށް ޗިލީ ސޯސަ އެޅުމަށްފަހު އަވަނުގައި 15 މިނެޓް ފިހެލާާށެވެ.
އެއަށްފަހުން އަވަނުން ނަގާ މައްޗަށް މޮޒަރެއްލާ ޗީޒް އެޅުމަށް ފަހު އަވަން 120 ޑިގުރީއަށް ލަފައި 10 މިނެޓް ފިހެލާށެވެ.
އެއިރުން އެހުރީ ބެލްޕެޕާ ސޭންޑްވިޗް ތައްޔާރު ވެފައެވެ. ހުހަށް ނުވަތަ ބަތާއިއެކި އިންސާފުކޮށްލަންވެސް މީރު ވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!