ހދ. ހަނިމާދޫ މަގުހަދައި ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ މަސައްކަތުގެ 93 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން، ސަބްބޭސް އާއި ސަބްގްރޭޑިން އާއި ތާރުއެޅުން އަދި ހިނގާ ސަރަހައްދުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މިހާރު ކުރަމުން އަންނަނީ މަގުބައްތިއާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން، 16،518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، 38،916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 19،679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 76.09 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!