ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަންބޮޑުވާ ވަރަށް އުފުލިފައިވާއިރު އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް ބޮޑުކޮށްފިއެވެ.

މި ބަދަލާއެކު މާދަމާއިން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.60ރ. އަަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 14.80ރ. އަށެވެ.

Ad
rt

މިފަހަރު އެސްޓީއޯއިން ތެލަށް ގެނައި ބަދަލުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތެޔޮ އަގުބޮޑުވެފައިވަނީ ޕެޓްރޯލް ލީޓަރަކުން 1.71ރ. އެވެ. ޑީސަލް ލީޓަރަކުން 1.76ރ. އެވެ. އެހެން ކަމުން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މި ވަނީ %13 ބޮޑުވެފަ އެވެ.

ދުނިޔޭގެ ބާޒާރުގައި މިވަގުތު ތެޔޮ ފީފާއެއްގެ އަގު އުޅެނީ 112 ޑޮލަރުގައެވެ. ކުއްލިއަކަށް ތެލުގެ އަގު ބޮޑުވީ ޔޫލްރޭނަށް ރަޝިއާއިން ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.