އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ގުޅުން އޮންނަ ދިވެހިއްސަކު ރާއްޖެއިން ހައްޔަރުކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އައިއެސް ޖަމާއަތާ ގުޅުން އޮންނަ ދިވެއްސަކު ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

Ad
rt

ސީޕީ ވިދާޅުވެފައިވާ ގޮތުގައި އެމީހާ ހައްޔަރު ކުރީ އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތަކާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އެމީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އެއީ 30 އަހަރުގެ ފިރިހެނެކެވެ.

ސީޕީ ވިދާޅުވި ގޮތުގައި މި މީހަކީ މީސްމީޑިއާ ބޭނުންކޮށްގެން އެކި ޔޫރަޕްގެ ގައުމުތަކަށާއި، އެ ގައުމުތަކުގެ ވެރިންނަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލައި، މީހުންނަށް ހިތްވަރު ދެމުން އައި މީހެކެވެ. އަދި އޭނާ 2015 ވަނަ އަހަރުން ފެށިގެން މިކަންކަން ހިންގަމުން ދިޔައީ ރާއްޖޭގައި ހުރެގެން ކަމަށް ވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

ސީޕީ ވިދާޅުވީ، ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގެ ގޮތުގައި ފުލުުންނާއި، އެފްބީއައި އަދި އީޔޫގެ ދެ ގައުމެއްގެ ކަމާބެހޭ އިދާރާތައް ގުޅިގެން އެމީހާގެ މައްސަލަ ތަހުގީގުކުރަމުން ގެންދަވާ ކަމަށެވެ.

ރާއްޖެއިން މީގެ ކުރިން ވެސް އައިއެސްއާ ގުޅުހުން ހުރި މީހުން ހައްޔަރުކޮށްފައިވެއެވެ.