އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރުދުވަހުގެރޭ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރިމެޗުގައި ފަހުވަގުތު ހެރީކޭން ޖެހި ގޯލުން ސިޓީގެ މައްޗައް ޓޮޓެންހަމް ކުރިހޯދައިފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުން ޓޮޓެންހަމް ކުރި ހޯދީ 2-3 ގެ ނަތީޖާ އަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި 3 ފަހަރަށްވެސް ލީޑުނަގާފައި ވަނީ ޓޮޓެންހަމްއިންނެވެ.
3 ރީދޫކާޑު ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ ސޮން ގެ އެހީތެރިކަމާއެކު ސުވިޑެންގެ 21 އަހަރުގެ މިޑުފީލްޑަރ ޑިޔަންކުލުސެވެސްކީ އެވެ.
ފުރަތަަމަ ހާފް ނިމުމުގެ ކުރިން ގުންޑޮގަން ވަނީ ސިޓީއަށް ލަނޑެއްޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހުމުގެ ކުރިން މެޗުގެ 21 ވަނަ މިނެޓުގައި ގުންޑޮގަން ގެ ފޮނުވާލި ބޯޅައެއް ވަނީ ގޯލްގެ އަރިމަތި ދަނޑިއަށް އަމާޒުވެފައެވެ.
ދެވަނަ ހާފު ފަށައިގެން އަނެއްކާވެސް ސޮންގެ އެހީތެރިކަމާއެކު ދެވަނަ ފަހަރަށް ޓޮޓެންހަމްވަނީ ލަޑެއްޖަހާ މެޗުގެ ލީޑް ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ 59 ވަނަ މިނެޓުގައި އިނގިރޭސި ކެޕްޓަން ހެރީކޭން އެވެ.
Never write us off ❌ pic.twitter.com/teUzjiReoL
— Tottenham Hotspur (@SpursOfficial) February 19, 2022
މި ލަނޑަށްފަހު މޮޅަށް ކުޅެމުން ދިޔަ ސިޓީން މެޗުގެ ނަތީޖާ ހަމަ ހަމަ ކުރީ އޭރިޔާތެރެއިން ރޮމޭރޯ އަތުގަ ޖެހުމުން މެޗުގެ 92 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މަހަރޭޒް އެވެ. މި ޕެނެލްޓީދިނީ ރެފްރީ އެންތޮނީ ޓެއިލަރ ވީއޭއާރު ބެލުމަށްފަހުގައެވެ.
ސިޓީއަށް މި ނަތީޖާގައި ހިފައްޓާލެވުނީ އެންމެ 3 މިނެޓްއެވެ. މެޗުގެ 95 ވަނަ މިނެޓުގައި ހެރީކޭން އިތުރު ގޯލެއް ޖަހާ ޓޮޓެންހަމް އަށް މެޗުގެ 3 ޕޮއިންޓް ޔަގީންކޮށްދިނެވެ.
މިނަތީޖާއާއި އެކު ކުޅުނު 23 މެޗުން ލިބުނު 39 ޕޮއިންޓާއެކު ޓޮޓެންހަމް ވަނީ ތާވަލުގެ 7ވަނަ އަށް ޖެހިލާފައެވެ. ސިޓީ އޮތީ ކުޅުނު 26 މެޗުން ހޯދި 63 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!