ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މައުލޫމާތު ދީފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ 77 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ގޯސްވެފައި ވާއިރު އިއްޔެ އެކަނިވެސް ވެސް ވަނީ 1576 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 517 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި771 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 87 މީހުންނެވެ.
ރާއްޖެއިން މިހާތަނަށް މިބަށްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 151913 އެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 16775 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!