މިއަހަރުގެ ރޯދަ މަހަށް ކަރާ ހެއްދުމަށް އއ. ތޮއްޑޫ އިން ދެ ލައްކަ އަކަމީޓަރުގެ ބިން ދޫކޮށްފިއެވެ.
ތޮއްޑޫ ކައުންސިލުން އާއްމުކޮށްފައިވާ ގޮތުން ކަރާ ހައްދަން މިފަހަރު 193،610 އަކަމީޓަރުގެ 116 ބިން ވަނީ ދޫކޮށްފައެވެ. އަދި އިތުރު 27،537 އަކަމީޓަރުގެ 26 ބިން ނީލަމުގައި ވިއްކާފައިވާ ކަމަށް އެކައުންސިލުން ބުނެވެެ.
އެ ރަށުން މިއަހަރު ރޯދަމަހަށް ކަރާ ހެއްދުމަށް ދޫކުރީ ޖުމުލަ 221،147 އަކަފޫޓުގެ ބިމެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައު ނީލަމުގައި ވިއްކާލި ބިންތަކުން ތޮއްޑޫ ކައުންސިލަށް ފައިދާގެ ގޮތުގައި 74،302ރ. ލިބޭނެއެވެ.
ރޯދައަށް ކަރާ ހައްދަން ކޮންމެ އަހަރަކުވެސް ތޮއްޑޫ އިން ބިން ދޫކުރެއެވެ.އެ ރަށުގެ ކަރައަކީ ގިނަ ބަޔަކަށް ކަމުދާ އެއްޗެކެވެ.
އެ ރަށް ވެސް މަޝްހޫރުވެފައިވަނީ ކަރާ ރަށުގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!