އުރީދޫ އިން ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން އުރީދޫ ސުޕަނެޓް ނަގާ މީހުންނަށް ރައުޓަރު ހިލޭ ލިބޭނެ އެވެ. ރައުޓަރުގެ އިތުރުން ލޭންޑްލައިން ފޯނެއް ވެސް ސުޕަނެޓް ނަގާ ކަސްޓަމަރުންނަށް ލިބޭނެއެވެ.

Ad
rt

އުރީދޫ ސުޕަނެޓަކީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ވަނީ މިދިޔަ އަހަރު ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.

ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެއެވެ.