ރ. އުނގޫފާރުގެ ނެރު ބަދަލު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ.
މި މަޝްރޫއުގެ ދަށުން 41980 ކިއުބިކް މީޓަރުގެ ބަނދަރު އަދި ނެރު ފުން ކުރާނެއެވެ. އަދި 162 މީޓަރުގެ ބޭރު ތޮއްޓެއްލައި ނެރު ބައްތި ވެސް ޖަހާނެއެވެ.
MTCC has signed an agreement with @MoNPHImv towards implementation of R. Ungoofaaru Channel Relocation Project. CEO @adamazim signed on behalf of MTCC and Ms. Zeeniya Hameed, PS, signed on behalf of the Ministry. Ungoofaaru Constituency MP @waddey_ graced the ceremony. pic.twitter.com/mRHJGClrHu
— MTCC Plc (@MTCCPlc) January 13, 2022
މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 18.5 މިލިއަން ރުފިޔާއަށް، 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!