ރާއްޖޭގެ އެންމެ ބޮޑު އިމްޕޯޓަރުންގެ ތެރޭގައި ހިމެނޭ އެމްޔޫ ސްޓޯރުން ވިއްކަމުން އައި ޕާސްތާ ސޯސްއެއްގައި އޫރު މަސް ހިމެނޭތީ ވިއްކުން ހުއްޓާލައިފިއެވެ.

އެމްޔޫ ސްޓޯރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ "ކެމްޕާގްނާ ބޮލޮނައިޒް ސޯސް” ގައި ހަލާލު ނޫން މާއްދާއެއް ބޭނުންކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބުމާ އެކު އެ ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެމްޔޫ ސްޓޯރުން މި ސޯސް ގަނެފައިވާ ރީޓެއިލަރުންނަށް ވެސް އެކަން އަންގައި އެ ތަކެތި ވިއްކުން ހުއްޓާލުމަށް އަންގާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

ހޯލްސޭލްކޮށް އެމްޔޫ ސްޓޯރުން މި ސޯސް ގަނެފައިވާ ރީޓެއިލަރުންނަށް ރީފަންޑު ކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ސޯސް ގަތް މީހުންގެ ކިބައިން ވަނީ މާފަށް އެދިފައެވެ.

ދާދިފަހުން އެމްޔޫ ސްޓޯރުން ތައާރަފު ކުރި މި ސޯސްއަކީ ޕާސްތާ ކައްކާއިރު ބޭނުން ކުރާ ސޯސްއެކެވެ. މި ސޯސްގައި އޫރު މަސް ހިމެނޭ ކަން ފުޅީގެ ބޭރުގަައި ޖަހާފައި ވެސް އިދެއެވެ.