އއ. މަތިވެރީގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން އިފުތިތާހުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މު މަޝްރޫއު އިފުތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ޗެއާމަން މުހައްމަދު އަބްދުالله އާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަދި މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމެވެ.

Ad
rt

މަތިވެރީގެ ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރި ވަނީ އެ ރަށަށް ގެންގޮސްފައެވެ. އަދި މިހާރު ކުރަމުން އަންނަނީ ހޮޅިވަޅުލުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން 86 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިންއެއް އިމާރާތް ކުރާނެއެވެ. އަދި ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރަން ތިން ތާންގީ ބަހައްޓާނެއެވެ.

މީގެ އިތުރުން ގޭގޭގައި ފެން މީޓަރު ބަހައްޓައި, ފެން ގުޅައިދީ، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.

މިއީ 38.83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.