ގްރޭޓާ މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް ކަމަށްވާ "ދިމްޔާތު ސްޓޭ"އަކީ ޗުއްޓީ ހޭދަކޮށްލައި، އެކި ބޭނުންތަކުގައި މާލޭގައި މަޑުކޮށްލަން އެންމެ ރަނގަޅު ޗޮއިސްކަމަށް ދަންނަވަންޖެހޭ ސަބަބުތައް ގިނައެވެ.
ފުރަތަމަ ސަބަބަކީ އެ ގެސްޓްހައުސްއިން ހިދުމަތް ފޯރުކޮށްދޭ ފުރިހަމަކަމާއި، ރޫމްތައް އަތްފޯރާ އަގުގައި ލިބެން ހުރުމެވެ. އެކި ކެޓެގަރީތަކުގެ ކޮޓަރިތައް ހިމެނޭ މި ގެސްޓްހައުސްއަކީ މިހާރުވެސް ދިވެހިންގެ މެދުގައި މަގްބޫލުތަނެކެވެ. މިހާރު 55 ރޫމް ހުންނަ، ބެޑް ކެޕޭސިޓީގެ ގޮތުން ބަލާނަމަ 110 އެނދުގެ މި ގެސްޓް ހައުސްއަކީ މާލެ ސަރަހައްދުގެ އެންމެ ބޮޑު ގެސްޓް ހައުސްއެވެ.
ދެވަނަ ސަބަބަކީ އެތަން ހުންނަ ލޮކޭޝަންއެވެ. ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް އެ ގެސްޓްހައުސްއިން ހިނގާލާފައިދާން ދެ މިނިޓްވެސް ނުނަގާނެއެވެ. މިސްކިތަށް ބަލާނަމަ ވިޔަފާރިވެރިންގެ މިސްކިތް އެހެރީ ހަމަ ދެ މިނިޓްގެ ރާސްތާގައެވެ. ހާބަރު ފުޓް ކޯޓުތައް ވެސް ހަމަ އެފަދައެވެ.

ވިލިމާލޭގައި އުޅޭ ޢާއިލާއާއި ރަށްޓެހިން ގާތަށް ޒިޔާރަތްކޮށްލުމަށް ވިލިމާލެއަށް ދާންބޭނުންނަމަ ފެރީޓާމިނަލް ތިން ހަތަރު މިނިޓްއިން ފޯރާނެއެވެ. މި ބީދައިން ހުޅުމާލެއަށް ދާން ބޭނުންނަމަ، ނުވަތަ ހުޅުލެއަށް ދާން ބޭނުންނަމަ ދަރުމަވަންތަ ހޮސްޕިޓަލްކައިރީ ބަސް ސްޓޮޕަށް ދާންވީއެވެ. ކުދިވެރިން ގޮވައިގެން ވައިޖައްސާލަން ނުކުންނަނަމަ ރައިވެރިޔާ މައިޒާނާއި، ސުނާމީ ބިނާ މައިޒާނާއި، ރަސްފަންނުވެސް ނުހަނު ކައިރިއެވެ. ބާޒާރަށް ނުކުމެލާ މަޖީދީ މަގުގައި ހިނގާލަން އެއީ ދުރު މަންޒިލެއް ނޫނެވެ.

އެ ގެސްޓްހައުސްއިން ލިބޭ މެހްމާންދާރީއާއި، އެކުވެރި މުވައްޒަފުންނަކީ ވެސް އެތަން ޚިޔާރުކުރަންޖެހޭ އިތުރު ސަބަބެކެވެ. އަބަދުވެސް ހިނިތުންވުމާއެކު ކުރިމަތިލާ މުވައްޒަފުންތަކެއްް ތިބޭ މި ގެސްޓްހައުސްއަކީ ވަރަށް އެހީތެރިކަން ބޮޑު މުވައްޒަފުންތަކެއް ތިބޭ ތަނެއްކަން އެތަނުން ޚިދުމަތްހޯދާ ގިނަބަޔަކު ފާހަގަކުރެއެވެ.
އިތުރުކަންކަމަށް ބަލާއިރު، އެ ގެސްޓް ހައުސްގައި ފިޓްނެސްއަށް ހާއްސަ ޓާފް ދަނޑެއް ޓެރެސްގައި ގާއިމްކޮށްފައިވެއެވެ. އަދި އިވެންޓް ބޭއްވުމަށް ފަންގިފިލާއެއް ހާއްސަކޮށްފައިވެއެވެ.

ދިމްޔާތު ސްޓޭއަކީ ތިން ކެޓެގަރީއެއްގެ ކޮޓަރި ހިމެނޭ ގެސްޓް ހައުސްއެކެވެ. އޭގެ ތެރޭގައި ސިންގަލް ރޫމް، ޑަބަލް ރޫމް، ޑިލަކްސް ރޫމް، ސުޕީރިއާ ރޫމް، އަދި ފެމެލީ ރޫމް ހިމެނެއެވެ. އަދި މިތަނުން ގެސްޓުންނަށް އިންހައުސް ފުލްބޯޑުވެސް ދޭނެއެވެ. އަދި އެތަނުގައި 4 މީހުންނަށް އެއްފަހަރާ މަޑުކޮށްލެވޭ ސާވިސް އެޕާޓްމަންޓް ވެސް ހުރެއެވެ.

އެއް ތިރީސް އަހަރުގެ ތާރީޚެއް އޮތް މި ގެސްޓްހައުސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އެންމެފަހުގެ ޚިދުމަތްތައް މިހާރު ދެމުންއަންނައިރު، އެ ގެސްޓްހައުސްއަކީ މި އަހަރުގެ ސެޕްޓެމްބަރު މަހުންފެށިގެން ފަތުރުވެރިވެރިންނަށް ހުޅުވާލާފައިވާ، މިހާރު ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަޤްބޫލު މަންޒިލެކެވެ.

މިސަބަބުތައް މިހެން ހުރުމާއެކު، މާލެއިން ގެސްޓްހައުސްއެއް އިޚްތިޔާރުކުރާނަމަ، ޚިދުމަތްހޯދާ މީހުން ބޭނުންވާނެ ސިފަތައް އެންމެ ފުރިހަމައަށް ހުރި ގެސްޓްހައުސްއަކީ ދިމްޔާތު ސްޓޭކަމާމެދު ސުވާލު އުފައްދާނެ ޖާގައެއްނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!