ވީއައިއޭ ގައި ހުންނަ “ޕޯސްޓް ޝޮޕް” އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބަސް ކާޑު ދޫކުރަން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ރޭގަނޑު 11:00ށް އެ ފިހާރައިން ބަސް ކާޑުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން ބަސް ދަތުރު ކާޑު ވިއްކުމާއި ރީލޯޑު ކޮށްދިނުމާއި ސިންގަލް ޖާނީ ޓިކެޓް ލިބޭނޭކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

ބަސް ކާޑު ހޯދުމާއި ކާޑަށް ރުފިޔާ އެޅުމުގެ ޚިދުމަތް މާލެއިން މިހާރުދެނީ ހެންވޭރު ފެރީ ޓާމިނަލާއި މާފަންނު ފެރީ ޓާމިނަލާއި ވިލިނގިލި ފެރީ ޓާމިނަލާއި މާފަންނު ބަސް ޓާމިނަލުންނެވެ. އަދި ހުޅުމާލެ ފެރީ ޓާމިނަލާއި ފަހި ޕްލާޒާ ފިހާރައިން ވެސް މި ހިދުމަތް ލިބޭނެއެވެ.

މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސްޓޮޕް ވަން ކައުންޓަރުން ވެސް މި ހިދުމަތް މިހާރު ލިބޭނެއެވެ.

ބަހުގެ ހިދުމަތާ ބެހޭ އިތުރު މައުލޫމާތު އެމްޓީސީސީ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން ނުވަތަ 1650 އަށް ގުޅައިގެން ވެސް ހޯދޭނެއެވެ.