މޯލްޑިވްސް ސިމެންތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާއި އެކު ސްޓްރެޓެޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެސްޓީއޯ އިން ވިއްކަމުންދާ "މޯލްޑިވްސް ސިމެންތި"ގެ ވިޔަފާރި އިތުރަށް ފުޅާކޮށް މާކެޓްކުރުމަށްޓަކައި، މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯ އެނާރޖީ އެންޑް ކޮންސްޓުރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމާންއެވެ. އެޕޯލޯ ހޯލްޑިންސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ މުހައްމަދު ވަހީދުއެވެ.
ރާއްޖޭގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކޮށް ސަޕްލައިކުރުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ދެކުންފުނި ކަމަށްވާ އެސްޓީއޯ އަދި އެޕޯލޯ ހޯލްޑިންގްސްއިން ސޮއި ކުރި މިއެއްބަސްވުމަކީ ސިމެންތީގެ ވިޔަފާރީގައި ރާއްޖޭގައި މިހާތަނަށް ހެދުނު އެންމެ ބޮޑު އެއް އެއްބަސްވުންކަމަށާއި އަދި މިއީ ދެކުންފުނީގެ ކޮންސްޓްރަކްޝަން ސަޕްލައި ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމުގައި އެސްޓީއޯއި ބުނެއެވެ.
"މިއެއްބަސްވުމުގެ ދަށުން އެސްޓީއޯ އަދި އެފޯލޯ ކުންފުނި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވްސް ސިމެންތި ހެޔޮ އަގުގައި ފޯރު ކޮށްދެވޭނެ، އަދި ރާއްޖޭގައި ރިއަލް އެސްޓޭޓްގެ ބޮޑެތި ޕްރޮޖެކްޓް ތަކެއް ހިންގުމުގެ އިތުރުން، އަތޮޅުތެރޭގައި ކޮންސްޓްރަކްޝަން ސާމާނު އެންމެ ފުޅާކޮށް ސަޕްލައިކުރާ އެއް ކުންފުންޏަކީ އެޕޯލޯ ހޯލްޑިންގްސް ކަމަށްވާއިރު، އެކުންފުންޏާއެކު މިހެދުނު ޕާޓްނާޝިޕް އެއްބަސްވުމުގެ ސަބަބުން "މޯލްޑިވްސް ސިމެންތި"އަށް ކަސްޓަމަރުން ކުރާ އިތުބާރު އިތުރުވެގެން ދާނެ"
މިއެއްބަސްމުގެ މަޢުލޫމާތު ހިއްސާކުރަމުން އެސްޓީއޯއިން ބުނެފައިވެއެވެ.
A Strategic Partnership Agreement has been signed between STO & @apolloholdings aimed to further enhance Marketing and Distribution of ‘Maldives Cement’.
This agreement will ensure consistent supply, and price stabilization of ‘Maldives Cement’ throughout the nation. pic.twitter.com/IeFgIk1GpN— STO (@stoplc) November 10, 2021
ފަންނީ ތަޖުރިބާކާރުންނާއި، މުޅި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިތުބާރު ހޯދާފައިވާ "މޯލްޑިވްސް ސިމެންތި" އަކީ މާކެޓްގައި މިހާރު ލިބެންހުރި އެންމެ ކޮލިޓީ ރަނގަޅު ސިމެންތިއަށްވެފައި، ކަސްޓަމަރުންނަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނުގެ އަގާއި ކޮލިޓީ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަބަދުވެސް ގެންދަނީ މަސައްކަތް ކުރަމުންކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
"މޯލްޑިވްސް ސިމެންތި"އަކީ އެސްޓީއޯ އަދި އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި، ރޭސޫޓް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑްއިން ތިލަފުށީގައި ގާއިމްކޮށްފައިވާ ފެކްޓްރީއިން އުފައްދަމުން އަންނަ ސިމެންތިއެކެވެ. އަދި އެސްޓީއޯއިން ޖޮއިންޓް ވެންޗާ ހަދާފައިވާ އޮމާންގެ މިކުންފުންޏަކީ ގަލްފް ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި މިމަސައްކަތްކަތް ކުރަމުން އަންނަ ކުންފުނިކަން ވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!