ފިނިމޫސުމާ ދިމާކޮށް އުޒްބެކިސްތާން އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

އެ އެއާލައިނުން ދަތުރުތައް ބާއްވާނީ އުޒްބެކިސްތާނުގެ ވެރިރަށް ތަޝްކެންޓާއި މާލެއާ ދެމެދުއެވެ.

Ad
rt

ފިނިމޫސުމާ ދިމާކޮށް ގިނަ އެއާލައިންތަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވަމުންނެވެ.

މި މޫސުމަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މޫސުން ވެސް މެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 37 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފަށާފައެވެ.