ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ހުޅަނގު އޭޕްރަން ހުޅުވައިފިއެވެ.

މިއަދު އޭޕްރަން ހުޅުވުމުގެ ގޮތުން އެމްއޭސީއެލުން ވަނީ އިންޑިއާއިން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓަކަށް ފެނުގެ ސެލިއުޓާއެކު މަރުހަބާ ކިޔާފައެވެ.

Ad
rt

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދާއި އެއާލައިން އޮޕަރޭޓަ ކޮމެޓީގެ ޗެއާމަން މަހުޖޫބު އަބްުދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

މި އޭޕްރަންގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތައް ޕާކު ކުރުމަަށް ނުވަ ސްޓޭންޑު ވަނީ ގާއިމް ކޮށްފައެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން ސްޓުވާޓް ވިދާޅުވީ އާ އޭޕްރަނާއެކު އެމްއޭސީއެލްގެ ހިދުމަތްތައް ކުރިއަށްވުރެ އަވަސްވެފައި ފަސިންޖަރުންނަށް ދަތުރުފަތުރު ކުރުމުގައި ފަސޭހަވާނެ ކަމަށެވެ.

އަދި މި އޭޕްރަން ޑޮމެސްޓިކް އެއާޕޯޓު ކުރިމަތީގައި އޮތުމުން ޑޮމެސްޓިކް ދަތުރުތައް ކުރާ މީހުންގެ ވަގުތު ސަލާމަތްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.