ކ. ގުރައިދޫ ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމާއި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
މި ޕިކްނިކް އައިލެންޑަކީ ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ހިންގި ޕްރޮޖެކްޓެކެވެ. 2019 ވަނަ އަހަރުގެ އޮގަސްޓް 27 މި މަޝްރޫއުއަކީ 13.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޕިކްނިކް އައިލެންޑު ހެދުމަށް 1.7 ހެކްޓަރުގެ ބިން ހިއްކައި، 278 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓު ޖަހައި، 160 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ވަނީ ޖަހައިފައެވެ.
އެމްޓީސީސީން ބުނިގޮތުގައި ޕިކްނިކް އައިލެންޑުގެ މަސައްކަތް ނިމުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
ޕިކްނިކް އައިލެންޑުގެ އިތުރުން މިދިޔަ މަހު ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ވެސް ވަނީ ނިންމާލައިފައެވެ. އެގޮތުން އެ ރަށުގެ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!