ރަޝިއާއިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރު ކުރަން ނިންމައިފިއެވެ.
އެ ގައުމުން ބުނެފައިވާގޮތުގައި އެ ގައުމުގެ ހަތަރު މަންޒިލަކުން ރާއްޖެއަށް ހަފުތާއަކު ހަތަރު ދަތުރު ބާއްވާނެއެވެ. ދަތުރުތައް އިތުރު ކުރީ ކުރިއަށް އޮތީ ފެސްޓިވަލް ސީޒަނަށްވެފައި ރަޝިއާއިން ގިނަ ބަޔަކު ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އަންނަން ބޭނުންވާތީއެވެ.
ރާއްޖޭގެ އިތުރުން އިތުރު 12 ގައުމަކަށް ވެސް ރަޝިއާއިން ވަނީ ދަތުރުތައް އިތުރުކޮށްފައެވެ.
ރަޝިއާއިން ރާއްޖެއަށް ފަތުރުވެރިން ގެންނަނީ އެރޯލެޓް އިންނެވެ. މިއީ އެ ގައުމުގެ އެންމެ ބޮޑު އެއާލައިނެެވެ.
ރަޝިއާއަކީ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ގައުމެވެ. މިއަހަރުގެ މިހާތަނަށް އެ ގައުމުން 177،321 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަޔް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!