ލ. އަތޮޅުގެ ހަތަރު ސްކޫލަކަށް އުރީދޫ މޯލްޑިވްސް އިން ނަމާދު ކުރަން ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

ޓީޗަރުންގެ ދުވަހާ ގުޅިގެން އެ ކުންފުނިން ހަދިޔާކުރޮ ޕެކޭޖުގެ ތެރޭގައި ހިމެނެނީ މުސްހަފަކާއި މުސައްލައަކާއި ތަސްބީހަ ފައްޗެކެވެ. ކޮންމެ ސްކޫލްކަށްވެސް މީގެ 21 ޕެކޭޖު ވަނީ ހަދިޔާ ކޮށްފައެވެ.

Ad
rt

އުރީދޫ އިން ހަދިޔާ ބެހި ސްކޫލްތައް

  • ލ. އަތޮޅު އެޑިއުކޭޝަން ސެންޓަރ
  • މުކުރިމަގު ސްކޫލް
  • އިހައްދޫ ސްކޫލް
  • ހަމަދް ސްކޫލް

ޓީޗަރުންގެ ދުވަހާ ގުޅިގެން ޓީޗަރުންގެ އަގުވަޒަން ކުރުމަށް އެކި ކުންފުނިތަކުން ވަނީ އެކި ރަށްރަށުގައި މިއަދު ހާއްސަ ހަރަކާތްތަކެއް ހިންގާފައެވެ.