މާދަމާ އިން ފެށިގެން، ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް ފަށާަނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ދެވަނަ ފިޔަވަހީގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު ދަތުރުފަތުރުގެ ދަތިކަމުގެ ޝަކުވާތައް ފާއިތުވި މަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑުވެފައެވެ.
އެގޮތުން، ޓެކްސީ ކުލި ބޮޑުވުމުގެ ސަބަބުން ދަރިން ސްކޫލަށް ގެންދަނީ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވަހީގެ ފްލެޓުތަކާ ހިސާބަށް ހިނގާފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފަށަން ނިންމީ އެތަނުގައި ދިރިއުޅޭ އާއްމުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން، ހުޅުމާލޭގެ ބަސް ރޫޓު ވަނީ މިހާރު ބަދަލުކޮށްފައެވެ.
މި ގެނައި ބަދަލާއެކު އެމްޓީސީސީގެ ބަސް ދެވަނަ ފިޔަވަހީގެ ދެ ތަނެއްގައި މަޑު ކުރާނެއެވެ. އެއީ ހިޔާ ފްލެޓުތަކުގެ ދެ ފަރާތުގައި ހުންނަ ބަސް ޓާމިނަލުތަކުގައެވެ.
މި ދަތުރުތައް ކޮންމެ ދުވަހަކުވެސް ހެނދުނު 5:45ން ރޭގަނޑު 11:45 އަށް އޮންނާނެއެވެ. ހުކުރު ދުވަހުގެ ހުކުރު ވަގުތު ބަސް ދަތުރުތައް ނޯންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!