ލ. އިސްދޫ އިން ހޭންޑް ގްރެނޭޑެއް ހޮވި ކަމަށް ބުނާ ވާހަކަތައް އެމްއެންޑީއެފް އިން ދޮގުކޮށްފިއެވެ.
ލ. އިސްދޫއިން ކުޑަކުއްޖަކު މަގުމަތިން ހޭންޑް ގްރެނޭޑެއް ހޮވާފައިވާ ކަމަށާއި، އޭތި އެމްއެންޑީއެފް އިން ނަގާފައިވާ ކަމަށް ބުނެ އަޑު ފެތުރިފައިވެއެވެ.
އެމްއެންޑީއެފް އިން ބުނީ އެއީ އަތުބޮމެއް ނޫން ކަމަށެވެ. އަދި އެއީ ހޭންޑް ގްރެނޭޑެއް ގޮތަށް ފަރުމާކޮށްފައި އޮތް ގޭސް ލައިޓަރެއް ކަމަށެވެ.
އެއީ އެއްވެސް ނުރައްކަލެއް ނެތް އެއްޗެއް ކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 21ގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!