މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތް ނިންމާލާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

Ad
rt

އެ މަޝްރޫއުގެ ދަށުން، 77,831 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 227 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 193 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.

އަދި 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1880 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެެވެ.

މިއީ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.