މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަމަށް މުހައްމަދު ޝާފިއު އިންތިޚާބުކޮށްފިއެވެ.
އޭނާ މި މަގާމަށް އިންތިހާބުކޮށްފައި ވަނީ 57 ވޯޓުން އިންތިހާބު ކާމިޔާބުވެގެންނެވެ.
އިއްޔެ ހެނދުނު 10:00 ން 11:00 އަށް ވެލާނާގެ ތިރީގައި ބޭއްވި އިންތިޚާބުގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރި 103 މީޑިއާގެ ތެރެއިން 93 މީޑިއާއަކުން ވަނީ ވޯޓްދީފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގައި ތިބެނީ 15 މެންބަރުންނެވެ. އެއީ މީޑިއާ ތަމްސީލްކުރާ 8 މެންބަރުންނާއި އާންމު 7 މެންބަރުންނެވެ.
އާންމު 7 މެންބަރުންނަކީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.
މީޑިއާ ތަމްސީލްކުރާ 8 ގޮޑިއަކީ މީޑިއާތަކުން ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން ހޮވޭ 8 މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!