ޗައިނާއިން ރާއްޖެ އަށް އައު ސަފީރަކު އައްޔަންކޮށްފިއެވެ.

އެ ގައުމުން ރާއްޖެ އަށް މިފަހަރު އައްޔަންކުރީ އަންހެން ސަފީރެކެވެ. ސަފީރު ކަމަށް އައްޔަންކުރި ވޭން ލީޝިން ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

Ad
rt

އެކަމަނާ ރާއްޖެ ވަޑައިގެން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖެ ވަޑައިގަތުމުން އެޑިޝަނަލް ސެކެޓްރީ ޖާވިދު ފައިސްލް އާއި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޗީފް ޕްރޮޓޮކޯލް އަހުމަދު މުޖުތަބާގެ ފަރާތުން ލިބިވަޑައިގެންނެވި ހޫނު މަރުހަބާއާ މެދު ވަރަށް ބޮޑަށް ހިންހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އެކަމާ ވިދާޅުވީ ރާއްޖެއާ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ޕްރޮމޯޓްކުރުމަށާއި، ސަރުކާރާއި އެކު ކުރިއަށް އޮތްތަނުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި ޖަންގް ލީ ޖޮންގްގެ ބަދަލުގައެވެ. އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ވަނީ މިދިޔަ އޭޕްރިލް މަހު ހަމަވެފައެވެ.