އުރީދޫ މޯލްޑިވްސް އިން މި މަހުގެ އެއްވަނަ ދުވަހު ފެށި އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ މުއްދަތު މި މަހުގެ 14ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އެ ކުންފުނިން ކުރިން ނިންމާފައިވާ ގޮތުގައި މި ދުވުން ފުރިހަމަ ކުރުމުގެ އެންމެ ފަހުގެ ތާރީހަކީ އިއްޔެއެވެ. ނަމަވެސް ބައެއް ދުވުންތެރިންނަށް ދުވުން ފުރިހަމަނުކުރެވޭތީ މުއްދަތު އިތުރު ކުރީ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ ސްކޫލް ބަންދާއި މޫސުން ގޯސްވުމުގެ ސަބަބުން ދުވުން ފުރިހަމަ ނުކުރެވޭތީ ގިނަ ބަޔަކު މުއްދަތު އިތުރުކޮށްދޭން އެދުނު ކަމަށެވެ.
އަތޮޅު ދުވުމުގައި ބައިވެރިވާ ފަރާތްތަކުން 5 ކިލޯމީޓަރު އަދި 10 ކިލޯމީޓަ ގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކް ކުރުމަށްފަހު ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއެކު ލިބޭ ލިންކަށް އަޕްލޯޑް ކުރުމުންޑިޖިޓަލް މެޑަލެއް ލިބޭނެއެވެ.
ދުވުން ފުރިހަމަކޮށް ޑިޖިޓަލް މެޑަލް ލިބުމުން ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑް ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައިހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްލަދޭނެއެވެ.
އަތޮޅު ދުވުމުގެ ބައިވެރިންނަށް ހަދިޔާ ހޯދުމުގެ މުއްދަތުވއސް އުރީދޫ އިން ވަނީ މި މަހުގެ 14ގެ ނިޔަލަށް އިތުރުކޮށްފައެވެ. އެގޮތުން، ދުވުމުގެ ފޮޓޯއާއި މެޑަލް ސޯޝަލްމީޑިއާގައި ހިއްސާކޮށްގެންފަސް ފަރާތަކަށް އިނާމް ވަނީ ހުށަހަޅައިފައެވެ.
އަތޮޅު ދުވުމުގެ ފޮޓޯތައް ހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ދެ ނަސީބުވެރިއަކަށް މަމަކް އިން ރޭގަނޑުގެ ކެއުމެއް ނުވަތަ ލަވޭރިއާއިން ޕިއްޒާ ލިބޭނެއެވެ.
އަދި މެޑަލްހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ތިން ނަސީބުވެރިންނަށް ރޭޖް–ހިޓް ޖިމްގެ އެއް މަހުގެ މެމްބާޝިޕް ނުވަތަ ޕިއްޒާކިޗެން އިން ޕިއްޒާ ނުވަތަލެ ޕާފިއުމްގެ ގިފްޓްޕެކެއް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!