އިންޑިއާގެ މަހަރަޝްތުރާއިން ޒިކާ ވައިރަސް ފެނިއްޖެއެވެ.
އެ ގައުމުން ރިޕޯޓު ކޮށްފައިވާގޮތުގައި މި ވައިރަސް ފެނިފައިވަނީ 50 އަހަރުގެ ޕޫނާ އަންހެނެއްގެ ގައިންނެވެ. އޭނާ ގައިން ޒިކާގެ އިތުރުން ޗިކުންގުންޔާ ވެސް ވަނީފެނިފައެވެ.
އޭނާއަށް ޒިކާ ވައިރަސް ޖެހިފައިވާ ކަން ކަށަވަރުވީ މިދިޔަ ހުކުރު ދުވަހު ކުރި ޓެސްޓަކުންނެވެ. އޭނާ ގައިން މި ބަލި ފެނުމާއެކު މިހާރު ވަނީ ބަލި އިތުރަށް ފެތުރުނަނުދޭން ފިޔަވަޅު އަޅައިފައެވެ.
އިންޑިއާ ސަރުކާރުން ބުނެފައިވާގޮތުގައި ބަލި ޖެހުނު އަންހެން މީހާއާއެކު ދިރިއުޅޭ އެހެން މީހުންވެސް ޓެސްޓު ކޮށްފައިވާކަމަށެވެ. ނަމަވެސް މިހާތަނަށް އިތުރު މީހެއްގެގައިން ބަލި ނުފެންނަ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.
ޒިކާ އަކީ މަދިރިން ޖެހޭ ވައިރަހެކެވެ. މި ވައިރަސް ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި ގައިގެ ހަންގަނޑު ހަލާކުވުމާއި ކޮންޖަކްޓިވައިޓިސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!