މުޅި ރާއްޖެއަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ބާއްވާ ފޯރިގަދަ ވަޗުއަލް ދުވުމުގައި ބެރިވެރިވުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.
"އުރީދޫ އަތޮޅު ދުވުން" އަކީ ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ފެށި ދުވުމެކެވެ. މި ދުވުމަށް މިދިޔަ އަހަރުވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން މިދިޔައަހަރުވެސް 5800 މީހުން މި ދުވުމުގައި ބައިވެރިވިއެވެ.
މިއަހަރުގެ ދުވުން އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ. މި ދުވުމުގައި ރަޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް މިހާރު އުރީދޫ ޕޯޓަލް ore.do/regstr މެދުވެރިކޮށްރަޖިސްޓްރީ ކުރެވޭނެއެވެ. އަލުން ހުޅުވާލި ފުރުސަތުގައި މި މަހުގެ 31ވަނަ ދުވަހުގެ ހަވީރު 6 ޖެހުމާ ހަމައަށް ރަޖިސްޓްރީ ކުރެވޭނެއެވެ.
މިއަހަރުގެ ދުވުމުގައި ފަސް ކިލޯމީޓަރުގެ އިތުރުން އަލަށް ތައާރަފު ކުރި 10 ކިލޯމީޓަރުގެ ކެޓަގަރީއަށްވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އެހެންކަމުން ބޭނުންވާކެޓަގަރީއަކަށް ނުވަތަ ދެ ކެޓަގަރީއަށް ވެސް މި މަހުގެ 27ގެ ހަވީރު 6:00ގެ ކުރިން ރަޖިސްޓްރީވެވޭނެއެވެ.
މި ދުވުމުގައި ފަސް އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭއިރު އޯގަސްޓު އެކަކުން ފެށިގެން 7 އޯގަސްޓުގެ ނިޔަލަށް ދުވުން ފުރިހަމަ ކުރެވޭނެއެވެ.
ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް ވެސް މި ދުވުމުގައި ބައިވެރިވެވޭނެއެވެ. މިއީ ގައިދުރުކަމާއެކު ރަހުމަތްތެރިނާއެކު ނުވަތައާއިލާއާއެކު ވަގުތު ހޭދަ ކުރުމަށް ލިބޭނެ ފަހި ފުރުސަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!