އެސްޓީއޯއިން ޑެވޮންޑޭލް ކިރުގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ ފަނަރައަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން އެއްހާސް ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ސުޕަމާޓް، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުންނެވެ.
މި ޕްރޮމޯޝަން ނިމުމުން ގުރު އަތުން ހޮވޭ ފަރާތަކަށް ދިނުމަށް ކަނޑައަޅާފައިވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ހިމެނޭ ޚާއްސަ ގިފްޓް ހެމްޕާއެކެވެ.
އެސްޓީއޯއިންވަނީ ޑެވޮންޑޭލް ފުލްކްރީމް އެއް ލީޓަރު ޕެކެޓް ވިއްކަމުންއައި އަގުވެސް ޕްރޮމޯޝަންގެ ދަށުން ހެޔޮކޮށްފައެވެ. އެގޮތުން ފުލްކްރީމް އެއް ލީޓަރު ޕެކެޓެއް 23 ރުފިޔާއަށް ވިއްކާއިރު ދެ ޕެކެޓް ނަގާނަމަ 40ރ. އަށް ދެ ޕެކެޓް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!