މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގަކުން ގުޅާލުމަށް ކުރިއަށް ގެންދިޔަ އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް އިއްޔެ ނިންމާލައިފިއެވެ.
މި މަޝްރޫއު އިފްތިތާހު ކޮށްފައިވަނީ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޖުލައި 2016 ގައެވެ.
”ސްޓެލްކޯ ފިފްތް ޕަވާ“ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދެން އޮންނާނީ އެނަޖައިޒް ކުރުމުގެ ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް އަންނަ ހުކުރުދުވަހު ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގައި ބޮޑު ހަ ޓްރާންސްފޯމަރު ބަހައްޓާފައިވާ އިރު, މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު އަދިހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފައެވެ.
މި މަޝްރޫއުގެ ދަށުން ކަރަންޓު ދޭން ފެށުމުން ހުޅުމާލެ އިން މާލެ އަށް ނުވަތަ މާލެ އިން ހުޅުލެ އަށްވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ކަރަންޓުފޯރުކޮށްދެވޭނެއެވެ. މިއީ މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެށި ޕްރޮޖެކްޓެކެވެ.
ހުޅުމާލޭގައި އަޅާފައިވާ އިންޖީނުގެ އިން 50 މެގަވޯޓުގެ ކަރަންޓު އުފައްދާ އިރު، ހުޅުމާލެ އަށް މިހާރު ބޭނުންވާ 15 މެގަވޯޓު ނެގުމަށްފަހު ބާކީ އުފައްދާ ކަރަންޓު މި ވިއުގަމެދުވެރިކޮށް ބަހައިލާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!