ރާއްޖެއިން ބޭރުގެ ޔޮޓެއް ހާލުގައި ޖެހިގެން މާލެ ފަޅުތެރެއަށް ވަދެއްޖެ އެވެ.
ފުލުހުން ވިދާޅުވީ ރާއްޖެއިން ބޭރުގެ ޔޮޓެއް ހާލުގައި ޖެހިގެން އައިސްފައިވާ ކަމުގެ މަޢުލޫމާތު މިއަދު އެމްއެންޑީއެފްއިން 17:00 ހާއިރު ފުލުހުންނަށް އަންގާފައިވާކަމަށެވެ.
މިޔޮޓު ވަދެފައިވަނީ ނަސަންދުރަ އާއި ދިމާ ފަޅުތެރެއަށެވެ.
ހާލުގައި ޖެހިގެން ބޭރުގެ ޔޮޓެއް މާލެ ފަޅަށް ވަދެއްޖެhttps://t.co/opju2ty1Fl pic.twitter.com/oFUctxXbu0
— Thiladhun (@thiladhun) June 22, 2021
ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށެވެ.
އެމްއެންޑީއެފް އިން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ވިދާޅުވީ މިކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއާއި ހިއްސާކުރީ ރާއްޖޭގެ ލޯކަލް އެޖެންޓު މެދުވެރިވެގެން ކަމަށެވެ.
ސްޓްރައިޑަރ ނަމަކަށް ކިޔާ މިޔޮޓުގައި ސިފައިން މިވަގުތު އަންނަނީ ހަރަކާތްތެރިވަމުން ނެވެ. އެމްއެންޑީއެފް ކޯސްޓް ގާޑްގެ ބެލުމުގެ ދަށުން މިޔޮޓް ހުޅުމާލެ ގެންދިއުމަށް އަންނަނީ ތައްޔާރުވަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!