އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާ ކުރެވޭ ގޮތް ހެދުމާއެކު އާ ޕްލޭންތަކެއް ތައާރަފުކޮށްފި އެވެ.
ޑޭޓާ ރޯލްއޯވާ ހިދުމަތަކީ މަހުގެ ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހުގެ ޑޭޓާގެ ތެރެއަށް އިތުރުވާގޮތަށް އުރީދޫން ތައާރަފު ކުރި ހިދުމަތެކެވެ. މި ހިދުމަތް ތައާރަފު ކުރީކޮވިޑް-19އާ ގުޅިގެން އިންޓަނެޓު ބޭނުން ކުރަން ޖެހޭވަރު އިތުރުވެފައިވާތީ ކަމަށެވެ.
މި ބަދަލާއެކު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ލިބޭނެއެވެ. އެގޮތުން، ކުންފުނީގެ ޕޯސްޓްޕެއިޑްކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސަށް އަމިއްލައަށް އެއްވެގެންދާނެ އެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުން މި ހިދުމަތްހޯދަން ޕެކޭޖުގެ މުއްދަތު ހަމަވުމުގެ ކުރިން ޕެކޭޖު އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެއެވެ.
ޑޭޓާ ރޯލް އޮވާގެ ހިދުމަތާއެކު އުރީދޫން ވަނީ އާ ދެ ޕްލޭނެއް ވެސް އެ ކުންފުނީގެ ފަސޭހަ ހޯމް ބްރޯޑް ބޭންޑު ކަސްޓަމަރުންނަށް ތައާރަފު ކޮށްފަ އެވެ.
އަލަށް ތައާރަފު ކުރި ޕްލޭންތައް
- ފަސޭހަ އެޗްބީބީ 60ޖީބީ: 799ރ. (60 ޖީބީ އެލަވެންސާއެކު 12 ޖީބީ އިތުރު ޑޭޓާ)
- ފަސޭހަ އެޗްބީބީ 500ޖީބީ: 3،549ރ. (500 ޖީބީ އެލަވެންސާއެކު 100 ޖީބީ އިތުރު ޑޭޓާ)
އުރީދޫން ވަނީ ދާދި ފަހުން އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާގެ ތެރެއަށް ރޯލްވާގޮތް ހަދައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!