ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިޔުމަށް "ޓޫރިޒަމް ގޯލްޑަން ޖުބިލީ ސްޓިއަރިން ކޮމެޓީ" އެކުލަވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ، އެ ކޮމެޓީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސްކޮށް، އިންޑަސްޓްރީ އާއި އިންޑަސްޓްރީ އާ ގުޅިފައިވާ ފަރާތްތަކުގެ ބައިވެރިވުން އޮންނާނެހެން ސިޓީތަކާއި އަތޮޅުތަކުގައި ހަރަކާތްތައް ރާވާ ކުރިއަށް ގެންދިޔުން ކަމަށެވެ.

Ad
rt

އެ ކޮމެޓީގައި 11 މެންބަރުން ހިމެނޭއިރު ކޮމެޓީ އެކުލަވާލާފައިވަނީ ޓޫރިޒަމް ދާއިރާގެ ޖަމްއިއްޔާތަކުގެ ބޭފުޅުން ތަމްސީލް ކޮށްގެންނެވެ. ކޮމެޓީގެ ޗެއާ އަކީ ޓޫރިޒަމް މިނިސްޓަރީއެވެ.

މި ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި، ގޯލްޑަން ޖުބްލީ ފާހަގަކުރުމަށް ކުރިއަށްގެންދަން ރާވާ އެކްޓިވިޓީ ކަލަންޑަރާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށާއި ހަރަކާތްތަކަށް ބޭނުންވަ ބަޖެޓާއި އެހެން އިންތިޒާމުތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރި ކަމަށް ޓޫރިޒަމް އިން ބުންޏެވެ.

ޓޫރިޒަމް މިނސްޓްރީ އިން ބުނީ ޓޫރިޒަމް ގޯލްޑަން ޖުބުލީ އަށް ތައްޔާރުވުމަށް ހާއްސަ ޓާސްކު ފޯހެއްވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

ޓޫރިޒަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރާނީ އަންނަ އަހަރުގައެވެ.