ގުޅީފަޅުގެ މާސްޓަ ޕްލޭން ޑިޒައިން ކުރުމަށާއި، މާލޭގެ އުތުރު ބަނދަރު އަލުން ތަރައްގީކުރަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ގުޅީފަޅު އަދި މާލެ ހުޅަނގު އުތުރު ޕޯޓު ސަރަހައްދު ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭން ފަރުމާކުރުމަށް ސިންގަޕޫރުގެ އެޗް.ކިއު ކުންފުންޏާއި ހަވާލުކުރީ މިއަދުއެވެ. 650,000 ޔޫއެސް ޑޮލަރަށް (10 މިލިޔަން ރުފިޔާ) އެކުލަވާލާ މި ޕްލޭންގެ މަސައްކަތަށް 8 މަސް ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށާއި އިމްޕޯޓު މުދާ އަރުވާ ބޭލުމުގެ ކާރޫބާރޫއިން ސަލާމަތްވެ، ގުދަންކުރުން ގުޅީފަޅަށް ބަދަލުކުރެވި، ހުސް އަދި ހިތްފަސޭހަ ޖާގަ އިތުރުކުރެވޭނެ ކަމަށެވެ.
މި ސަރވޭގެ އަމަލީ މަސައްކަތް މިހިނގާ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު މާލޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި ސޮއެކުރީ ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!