60 މޭލަށް ވައިގަދަވެ ރާޅު އަރާނެކަމަށަ ލަފާކޮށް ހއ. އަތޮޅުން ޅ އަތޮޅަށް އޮޖެންޖު އިންޒާރު ނެރެފި އެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ޅ އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު 15:15 އިން 17:15 އާއި ހަމައަށެވެ.
އެގޮތުން މި ވަގުތުތަކުގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 60 މޭލަށް ވައިގަދުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
Alert Orange for Torrential rain with possible flooding, strong winds of 34-40 mph, gust winds of 60 mph with rough seas and swell waves. pic.twitter.com/zHHcjq4Nsr
— Maldives Meteorology (@MetMaldives) May 14, 2021
އޮރެންޖު އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހުމުންނެވެ. އަދި އާދަޔާ ހިލާފަށް ބާރަށް ގުގުރުން ނުވަތަ ގުގުރާފާނެ ކަމަށް ލަފާކުރުމުގެ އިތުރުން ވައި ޖެހޭ މިންވަރު 34 މޭލާ 42 މޭލާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭނަމަ ވެސް އޮރެންޖް އެލާޓް ނެރެއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އެންމެ ފަހުގެ މަޢުލޫތު ހިއްސާކުރަމުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެންއޭ) ވިދާޅުވީ އުތުރުގެ ބައެއް އަތޮޅު ތަކަށް އުދައަރަމުންދާ ކަމުގެ ރިޕޯޓުވަނީ ލިބިފައިވާކަމަށާއި އެގޮތުން ހއ. ހޯރަފުށި، ހއ. އުލިގަމު، ހއ. ތުރާކުނު، ހއ. ދިއްދޫ އަދި ށ. މިލަންދޫ، ށ. ފުނަދޫ، ށ. ކޮމަންޑޫ އަށް އުދައަރަމުންދާ ދާކަމަށެވެ.
އަދި ހއ. ހޯރަފުއްޓަށް ގަދަވަޔާއި އުދައަރައިގެން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ރަށު ކައުންސިލާއި @މޯލްޑިވްސް ޕޮލިސް ސާރވިސް އިން ދަނީ މަސައްކަތްކުރަމުންކަމަށެވެ. އިތުރު އެހީތެރިކަން ބޭނުން ވެދާނެ ފަދަ ހާލަތަކަށް ނޮދަރން އޭރިއާ ވަނީ ތައްޔާރުވެފައިކަމަށް އެއިދާރާއިން ވިދާޅުވި އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ތިލަދުންމަތީގެ ވަރަށް ގިނަ ރަށްރަށްދަނީ ބޮޑެތި ގެއްލުންތަކެއް ވަނުންނެވެ.
ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތް (މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް)
- ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ.
- ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ.
- ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ.
- ރާޅުގެ އުސްމިން: 4 - 8 ފޫޓު
- ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެން ވޭ.
ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް ކަމާބެހޭފަރާތްތަކުން ދަނީ ދަންނަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!