ހާބަރު ސަރަހައްދުގައި ހަދާފައިވާ ފުޑް ކޯޓުގެ ދެ ޔުނިޓެއް ކުއްޔަށް ދޭން އެސްޓީއޯ އިން މިއަދު އިއުލާންކޮށްފިއެވެ.

އެސްޓީއޯ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އަމީނީ މަގަށް ވާގިތަށް އިންނަ ޔުނިޓަކާއި އިއްޒުއްދީން މަގަށް ވާގޮތަށް އިންނަ ޔުނިޓެކެވެ. މި ޔުނިޓްތަކަށް އެދި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށެވެ.

Ad
rt

ފުޑް ކޯޓުގެ އަމީނީ މަގަށްވާގޮތަށް ކުއްޔަށް ދޭ ޔުނިޓުގައި 637.38 އަކަ ފޫޓޫ ހުރެއެވެ. އަދި އިއްޒުއްދީން މަގަށްވާގޮތަށް ހުންނަ ޔުނިޓުގައި 247.86 އަކަ ފޫޓު ހުރެއެވެ. މި ޔުނިޓުތައް ކުއްޔަށް ދޫކުރާނީ އަކަފޫޓެއް 40ރ. ގެ ރޭޓުންނެވެ.

ޔުނިޓްތަކަށް އެދި ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ބިޑް ހުށަހެޅޭނީ އެއް ޔުނިޓަށެވެ. އެސްޓީއޯ އިން ބުނީ އެއް ޔުނިޓަށް ވުރެ ގިނަ ޔުނިޓަށް އެދި ބިޑް ހުށަހަޅާ ފަރާތްތައް ޑިސްކޮލިފައި ވާނެ ކަމަށެވެ.

ފުޑް ކޯޓުގެ ޔުނިޓްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ހަތް ދުވަހުގެ ތެރޭގައި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދެ މަސް ދުވަހުގެ ކުލި އެޑްވާންސްކޮށް ދައްކަން ޖެހޭނެ އެވެ.

ފުޑް ކޯޓުގައި ހިންގާ ރެސްޓޯރަންޓްތަކާއި ކެފޭތަކަށް ފަރުނީޗަރު ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. އެ ޔުނިޓްތައް ހިންގާ ފަރާތްތަކުން އިތުރު ފަރުނީޗަރު ގެނައުމަކީ މަނާކަމެކެވެ.