ދަރިފުޅުގެ ހަމުގެ ކުލަ ކަޅުވެދާނެތީ ޕްރިންސް އަކަށް ނުހަދަން ޝާހީ އާއިލާއިން ނިންމި ކަމަށް މޭގަން މާކަލް ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ޕްރިންސް ހޭރީގެ އަނބިކަނބަލުން މޭގަން މިހެން ވިދާޅުވީ ރޭ އޯޕްރާ ވިންފްރީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad
rt

އޭނާ ވިދާޅުވީ ޝާހީ އާއިލާއިން ދަރިފުޅުގެ ހަމުގެ ކުލައާ ގުޅޭގޮތުން މަޝްވަރާ ކުރިކަމަށެވެ. އަދި ދަރިފުޅު ކަޅު ވެއްޖެނަމަ ކީއްތޯ ކުރާނީ ހޭރީއާ ސުވާލު ކުރި ކަމަށްވެސްމޭގަން ވިދާޅުވިއެވެ.

މި މަޝްވަރާތައް ކުރި އިރު މޭގަން އިނީ ދޮށީ ދަރި އާރޗީއަށް ބަލިވެއެވެ. އެއިރު ދަރިފުޅުގެ ޖިންސްވެސް ނޭނގޭކަމަށް މޭގަން ވިދާޅުވިއެވެ.

"ޖިންސު ނޭނގެނީސްވެސް އެމީހުން ބޭނުމެއް ނުވި ހަމުގެ ކުލައަށް ބަލައި ޕްރިންސް ނުވަތަ ޕްރިންސަސްއަކަށް ހަދަން. އެއީ ޝާހީ ޕްރޮޓޮކޯލްއާ ހިލާފުވުން. އެހެންވެސެކިއުރިޓީވެސް ނުދޭން ނިންމީ" މޭގަން ވިދާޅުވިއެވެ.

މޭގަން އަކީ ކަޅު ނަސްލަށް ނިސްބަތްވާ މީހެކެވެ. އެހެންކަމުން އޭނާ ޕްރިންސް ހޭރީއާ ކައިވެނި ބައްލަވައިގަންނަން އުޅުއްވި އިރުވެސް ގިނަ ފާޑުކިޔުންތަކާކުރިމަތިވިއެވެ.

މޭގަން އާއި ހޭރީ މިހާރު ދިރިއުޅިއްވަނީ ޝާހީ އާއިލާއާ ވަކިން ލޮސް އެންޖެލަސްގައެވެ. އަދި ޝާހީ ހުރިހާ ކަމަކުން އެ ދެމަފިރިން ވަނީ އަމިއްލައަށް އެކަހެރިވެފައެވެ.