ޓްވިޓާ ލޯންޗު ކުރުމުގެ ގޮތުން އެ ކުންފުނީގެ ސީއީއޯ ޖެން ޑޯސީ ކުރި ޓްވީޓު ނީލަމުގައި ވިއްކާލަން އިއުލާން ކޮށްފިއެވެ.

"ޖަސްޓް ސެޓިން އަޕް މައި ޓްވިޓާ" (ހަމަ ޓްވިޓާ ފަށައިގަންނަނީ) މިހެން ބުނެ ޑޯސީ ކޮށްފައިވާ ޓްވީޓު ވިއްކާލަނީ އޭނާގެ އޮޓޯގްރާފާ އެކުގައެވެ. މި ޓްވީޓު އޭނާކޮށްފައިވަނީ 2006 ވަނަ އަހަރުގައެވެ.

Ad
rt

މި ޓްވީޓު ގަތުމަށް މިހާތަނަށް ބްރިޖް އޮރެކަލްގެ ސީއީއޯ ވަނީ 2.5 މިލިއަން ޑޮލަރު ބިޑުކޮށްފައެވެ.

މި ޓްވީޓު ނީލަމުގައި ވިއްކާލަނީ "ވެލިއުބަލްސް"ކިޔާޕްލެޓްފޯމެއްގައެވެ.

އެކި ޕްލެޓްފޯމުތަކުގައި ޑިޖިޓަލް އާޓާއި ތަފާތު ޑިޖިޓަލް ތަކެތި ދަނީ ބޮޑު އަގުގައޮ ވިކެމުންނެވެ. ބައެއް އާޓުތައް މިހާރު ސޭލްވެސް އަޅުވައެވެ.