މޯލްޑިވްސް ސްޓޭޓް ޝިޕިން އިން މިއަދު ކުރި ޓްވީޓަކާއެކު މުޅި ސޯޝަލް މީޑިއާ ގުގުމާލައިފިއެވެ.

މި ޓްވީޓުގައި އެ ކުންފުނިން ވަނީ ފުރަތަމަ ފަހަރަށް ރާއްޖެއަށް ދިރިހުރި ޖަނަވާރު ޝިޕިން ކުރި ކަމުގެ އުފާވެރި ހަބަރު ދީފައެވެ. އެ ކުންފުނިން ގެނައީ އައްޑޫ ރައްޔިތަކުގެނައި އަސްތަކެކެވެ.

Ad
rt

އެމްއެސްއެސް އިން އައްޑޫއަށް ގެނައީ ކިތަށް އަސް ކަމެއްް އަދި ހާމަ ކޮށްފައި ނުވެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެކުރިން އައްޑުއަށް ފަސް އަސް ގެންނަ ކަމަށް ވިދާޅުވެފައެވެ.

މި އަސްތައް ގެންނަ އަހުމަދު އަގްލީލު އޭނާގެ ޓްވިޓާގައި ބުނެފައިވަނީ މިއީ އައްޑޫ ޒުވާނުންނަށް ވަރަށް ސަޅިވާނެ އެއްޗެއް ކަމަށެވެ.

މި ޚަބަރާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އައްޑުއަށް ދާން ބޭނުންވާ ކަމަށް ބުނަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އަސް ދުއްވަން އެކަނިވެސް މިހާރުއައްޑުއަށް ދިއުމަކީ ކޮންމެހެން ކުރައްޖެހޭ ކަމެކެވެ.

މި އަސްތަކުގެ ސަބަބުން އައްޑޫގެ ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ބެލެވެ އެވެ.