އެމެރިކާގެ ގިނަ އޮންލައިން ފިހާރަތަކުގައި މިހާރު ކުރިއަށްދާ ސަމަރ ސޭލް އިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އީ-ޓުކުރިން ޝިޕިން އިން ޑިސްކައުންޓް ދޭންނިންމައިފިއެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި އީޓުކުރި އިންޓަނޭޝަނަލް މެދުވެރިކޮށް ގެންނަ ކޮންމެ ޝިޕްމަންޓެއްގެ އަގުން 15 އިންސައްތަ ކުޑަކޮށްދޭނެއެވެ.

Ad
rt

އެމެރިކާހެ ސަމަރ ސޭލަކީ، ނަން މަޝްހޫރު ބްރޭންޑުތަކުން ބޮޑެތި ޑިސްކައުންޓްތަކާއެކު ސޭލް އަޅުވާ މޫސުމެކެވެ. މިގޮތުން ސޭލް އަޅުވާ ބްރޭންޑުތަކުގެ ތެރޭގައިދިވެހިންގެ ތެރޭގައި މަޝްހޫރު އެޑިޑާސް، ޕޫމާ، ނައިކް ފަދަ ބްރޭންޑްތަކުގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑެތި އީކޮމާސް ޕްލެޓް ފޯމް ތަކުންވެސް ޑިސްކައުންޓްލިބޭނެއެވެ. މީގެ ތެރޭގައި އެމޭޒަން، އީބޭ، ބެސްޓްބައި، ހޯމް ޑީޕޯ، އަދި ވޯލްމާޓް ހިމެނެއެވެ.

މިއީ ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ގެއަށް ބޭނުންވާ ސާމާނާއި އަންނައުނު ގެންނަން ބޭނުންވާ މީހުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް މޯލްޑިވްސް ޕޯސްޓުންބުންޏެވެ.

ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި، ގިނަ ޤައުމުތަކުން ޑައިރެކްޓް ޝިޕިންގް ރާއްޖެއަށް ނުކޮށްދިނުމާއި އެކު، ވިޔަފާރި ކުރުމަށް ދިވެހިންނަށް ލިބޭ ފުރުޞަތުތައްމަދުވުމަކީ ގިނަ ބަޔަކަށް ލިބޭ މާޔޫސް ކަމެކެވެ. ނަމަވެސް އީޓުކުރިން ހެޔޮ އަގުގައި ރާއްޖެއަށް މުދާ ގެނެވޭނެއެވެ.

މި ޚިދުމަތް ހޯދަން ރެޖިސްޓާ ކުރަން ބޭނުންވާ މީހުންނަށް އީމެއިލް ނުވަތަ ފޭސްބުކް އެކައުންޓް ބޭނުން ކުރެވޭނެއެވެ. އަދި މިހާރު އީ-ޓުކުރިން ހިންގާ "ޝޮޕް އެންޑަސޭވް ޕޮރޮމޯޝަން" ގެ ކޯޑު "SNS2021” ޖެހުމުން ޑިސްކައުންޓް ލިބޭނެއެވެ.

އީ-ޓުކުރި އިންޓަނޭޝަނަލް ގައި ރަޖިސްޓްރީވުމުން އެމެރިކާގެ އެޑްރެސްއެއް ލިބޭނެއެވެ. މިއެޑްރެހަށް ކަސްޓަމަރު އޮންލައިންކޮށް ގަންނަ މުދާ ފޮނުވައި އެ ތަކެތީގެބަރުދަން ބެލުމަށްފަހު އީޓުކުރީގެ ޕްލެޓްފޯގައި ދައްކަންޖެހޭ ފައިސާ ދެއްކުމުން، މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް އެ އެއްޗެއް ރާއްޖެއަށް ގެނެސްދޭނެއެވެ. މިފައިސާ ދިވެހިރުފިޔާއިންވެސް ދެއްކި ދާނެއެވެ.

އީ-ޓުކުރި އިންޓަނޭޝަނަލްގެ އިތުރު މައުލޫމާތު 7379411 އަށް ގުޅުމުން ލިބޭނެއެވެ.