ތ. ވޭމަންޑޫއަށް ކަރަންޓު ދިނުމަށް އެ އަތޮޅު ގުރައިދޫއިން 360 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ފެނަކައިން އެ ރަށަށް ގެންގޮސްފިއެވެ.

ވޭމަންޑޫ އިންޖީނުގޭގައި އިއްޔެ ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ރަށުން ކަރަންޓު ވަނީ ކެނޑިފައެވެ. މިކަމާ ގުޅިގެން ފެނަކައިން އަންނަނީ ވީހާވެސް އަވަހަށް އެރަށަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންނެވެ.

Ad
rt

އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް އެހީވާން ފެނަކައިގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު މުހައްމަދު ވެސް ވަނީ އެ ރަށަށް ވަޑައިގެންފައެވެ. ސައީދު ވަނީ އެ ރަށަށް ވަޑައިގެން، އެ ރަށުގެ އިންޖީނުގެތައް ހުރި ސަރަހައްދަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ސައީދު ދެއްވިއެވެ.

މި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. މި އަލިފާން ނިއްވާލެވިފައިވަނީ ދެ ގަޑިއިރުންނެވެ.

ސައީދުގެ އިތުރުން، އެންވަޔަރަންމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންވެސް މިހާރު ހުންނެވީ ވޭމަންޑޫގައެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވެސް ވަނީ ފޯނުން ގުޅުއްވައި ރަށުގެ ރައްޔިތުންގެ ހާލަތު ބައްލަވާލައްވާފައެވެ.