ދިވެހި ކަނޑުތަކަކީ ފުޅައް ޖަހައި ފޮރުވައިގެން ގެންގުޅޭ ބާވަތުގެ ބޮޑު ގިފިއްޔެއް ނޫންކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ވައްޑެ މިހެން ވިދާޅުވީ، ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުން ފަދަ ކަމެއް ކަމަށް، ރިޔާސީ ބަޔާނަަށް ޖަވާބު ދެއްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ނެވެ.
"ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުން ފަދަ ކަމެއް" މިސުރުހީގެ ދަށުން ތިލަދުން އިން ގެނެސްދިން ޚަބަރެއް ހިއްސާކުރައްވާ ވައްޑެ އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ކަނޑުތަކަކީ ދިވެހީންނާ އެއްވަރަށް، ނުވަތަ އެޔަށްވުރެވެސް ގިނައިން، ބޭރު ފަތުރުވެރިން ޑައިވްކޮށް ފީނާ ބަލައި ހަދަމުން އަންނަ ޗާލު ޤުދުރަތީ މުއްސަނދި ބަގީޗާއެއްކަމަށެވެ.
އެއީދެން ފުޅައް ޖަހައި ފޮރުވައިގެން ގެންގުޅޭ ބާވަތުގެ ބޮޑު ގިފިއްޔެއް ނޫނެއްނުންތޯއެވެ؟
ވައްޑެ ވިދާޅުވެފައިވެއެވެ.
ދިވެހި ކަނޑުތަކަކީ ދިވެހީންނާ އެއްވަރަށް، ނުވަތަ އެޔަށްވުރެވެސް ގިނައިން، ބޭރު ފަތުރުވެރިން ޑައިވްކޮށް ފީނާ ބަލައި ހަދަމުން އަންނަ ޗާލު ޤުދުރަތީ މުއްސަނދި ބަގީޗާއެކެވެ. އެއީދެން ފުޅައް ޖަހައި ފޮރުވައިގެން ގެންގުޅޭ ބާވަތުގެ ބޮޑު ގިފިއްޔެއް ނޫނެއްނުންތޯއެވެ؟ https://t.co/yAYk8CLGvf
— Waddey (@waddey_) February 24, 2021
ރިޔާސީ ބަޔާނަަށް ޖަވާބު ދެއްވަމުން ސަލީމް އިތުރަށް ވިދާޅުވެފައިވަނީ، ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުން ފަދަ ކަމެއްކަމަށާއި ދިވެހި ގައުމުގެ މިނިވަން ކަމަށް ނެދެވޭ އަސަރުކުރާނެ އަދި ދިވެހި ކަނޑުތަކުގެ މުއްސަނދިކަމާއި، މުޅިކަނޑުގެ ޚަޒާނާ ބޭރު ބަޔަކަށް ދިނުން ރާއްޖޭގެ ހައިޑްރޯގްރަފީކުރަހަން ބޭރުބަޔަކަށް ދިނުމަކީ ގައުމިއްޔަތުގެ ވިންދުޖަހާ ހިތެއްއޮތް އެއްވެސް ދިވެއްސަކު އެއްބަސްވާނެ ކަމެއްނޫންކަމަށެވެ.
ރާއްޖޭގެ ރަށްރަށާއި ވިލުދޮޅިތަކާއި، ގިރިފަރުތަކާއި، ހާތަކާއި ކަނޑުއޮޅިތަކުގެ ފުންމިނާއި އެތަންތަނުގެ މަންޒަރުތަށް ބޭރު ބަޔަކު ޖައްސާނެ ކުލައެއް ޖައްސަން އެތަންތަން ޚަރާބުކޮށްލަން ދޫކޮށްލުމަކީ މި ގައުުމުދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ނޫން''- ސަލީމް ވިދާޅުވިއެވެ.
އޭނާ ދެއްކެވި ވާހަކާގައި ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު މީހުން އިތުރުވަނީ ރާއްޖޭގައި ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ސަރުކާރުން ބަލަން ފަސްޖެހުމާއި، ސަރުކާރުން ގެންގުޅޭ ބީރަށްޓެހި ސިޔާސަތުގެ ސަބަބަބުން ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!