2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ގެ ޕްރިލިމިނަރީ ކޮލިފިކޭޝަން އަދި 2023 ވަނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ޕްރިލިމިނަރީ ކޮލިފިކޭޝަން ގައި ދިވެހިރާއްޖޭގެ ސީނިއަރ ފުޓުބޯޅަ ޓީމް ގުއަމް އާއި ދެކޮޅައް މާދަމާ ހެނދުނު ނުކުންނާނެއެވެ. ދެމުބާރާތުގެ ޕްރިލިމިނަރީ ކޮލިފިކޭޝަން ބޭއްވުމަށް އޭސިއަން ފުޓްބޯލް ފެޑެރޭޝަންސް (އޭ.އެފް.ސީ) އިން ނިންމާފައިވަނީ އެއް ކޮލިފިކޭޝަންއެްގެގޮތުގައެވެ.
މިމެޗަށް ތައްޔާރުވުމުގެގޮތުންނާއި ގުއަމް އަށް ދިއުމަށް ބޭނުންވާ އެމެރިކާ ވިސާ ހޯދުމަށްޓަކައި ދިވެހި ޓީމްވަނީ ުުމިދިޔަމަހު 14 ވަނަ ދުވަހު އަވައްޓެރި ސްރީލަންކާގައި ކޭމްޕްކޮށްފައެވެ.
ރާއްޖޭގެ ޓީމް ވަނީ މިދިޔަ ހޮނިހިރު ދުވަހު ގުއަމްއަށް ގޮސްފައެއެވެ. ވިސާ ހަމަނުޖެހުމުގެ ސަބަބުން ގުއަމްއަށް ގޯލްކީޕަރ ހުސައިން ޝަރީފް އަދި މިޑްފީލްޑަރ ހުސައިން ނިހާން އަށް ޓީމާއިއެކު ގުއަމްއަށް ދެވޭގޮތްވަނީ ނުވެފައެވެ. ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިއާ ކަމަށްވާ މިޑްފީލްޑަރ އިބްރާހް ވަހީދު ހަސަން (އިއްބެ) ވަނީ ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަތުރުކުރި ލޯންޗް ބަންޑުން ޖާހާލި ހަދިސާގައި ނިޔާވި މިހުންގެ ތެރޭގައި އިއްބެގެ އާއިލާގެ މެންބަރުން ހިމޭނޭތީ އިއްބެވަނީ ޓީމް ދޫކޮށް އެނބުރި އައިސްފައެވެ. އަމިއްލަ ސަބަބުތަކާހުރެ އަލީ ފާސިރު އަދި އަހުމަދު ރިޒުވާން ޓީމާއިއެކު ނުދެއެވެ. މިފަހަރު ޤައުމީ ޓީމް ނެގިގޮތާއިމެދު ގިނަބައެއްގެ ފާޑުކިއުން ވަނީ ކޯޗަށް އަމާޒުވެފައެވެ.
މެޗްގެ ކުރިން މިއަދު ބޭއްވި ނިއުސް ކޮންފަރެސްގައި ދިވެހި ޓީމްގެ ކޯޗް ޕީޓަރ ސެގާޓް ބުނެފައިވަނީ ދިމާވި ބައެއް ކަނަތައްތަކުގެ ސަބަބުން ޓީމަށް އެކަށީގެން ވާވަރަށް ތައްޔާރު ނުވެވޭކަމަށާއި މާދަމާ ގުއަމްއާ ބައްދަލުކުރާނީ އެންމެ ވަރުގަދަ ޓީމް ނޫންކަމެށެވެ. ނަމަވެސް ޓީމް ނުކުންނާނީ ގުއަމް އަތުން ތިން ޕޮއިންޓް ހޯދުމުގެ އުންމީދުގައި ކަމަށެވެ.
ޕްރިލިމިނަރީ ގެ ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ގުއަމް، ޗައިނާ،ފިލިޕީންސް އަދި ސީރިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!