ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) ގެ އިފްތިތާޙީ ޖަލްސާ، އަދި ހިންގާ ކޮމިޓީ އިންތިޙާބު ކުރުން ތަފާތުގޮތަކަށް ބާއްވައިފި އެވެ.
ބީ.ކޭ.އެމް.ޔޫ އިން ބުނެފައިވަނީ، އެޖަމުއްޔާގެ، އިފްތިތާޙީ ޖަލްސާ އަދި ހިންގާކޮމިޓީ އިންތިހާބު ކުރުމާއި، ހިންގާ ގަވާއިދު ފާސްކުރުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބާއްވާފައިވާ ކަމަށެވެ.
މިޖަލްސާ ބާއްވާފައިވަނީ ތިލަފުށީ ފަޅުތެރޭގައެވެ. އެޖަމިއްޔާގެ ސުޕޯކްސް ޕާސަން މުޙައްމަދު ނާޒިމް ވިދާޅުވީ މިޖަލްސާގައި 80 އަށްވުރެއްގިނަ ކަންނެލި ދޯނި ބައިވެރިވެފައިވާކަމަށެވެ.
ކޮވިޑް 19 ގެ ސަބަބުން ނުބޭއްވި ގިނަދުވަސްތަކެއް ވަމުންދިއުމާއި، ޖަމިއްޔާގެ ހަޤީޤީ މަޤުސަދުގައި މަސައްކަތްތަށް ކުރުމާއި ހިންގުމާއި ގުޅިފައިވާ އެންމެހައި ދަތި އުދަނގޫތަކުގެ ސަބަބުން މެންބަރުންގެ ކަންބޮޑުވުން އިތުރުވެފައިވާކަމަށެވެސް އެޖަމިއްޔާއިން ބުނެފައިވެއެވެ.
އެޖަމިއްޔާއިން އިތުރަށް ބުނެފައިވަނީ، 10 ޑިސެންބަރ އަކީ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާދުވަހަށްވާއިރު، ދިވެހި ރާއްޖޭގެ މަސްވެރިންތިބީ ނުހަނު ކަންބޮޑުވުމެއްގެ ތެރޭގައިކަމަށެވެ. ބާނާ މަސްކޮޅު ނުކިރުމާއި، ކިރަން އެތަށް ދުވަހެއްނެގުމާއި، ކުރާ ބުރަމަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބުމާއި، ތަކެތީގެ އަގުބޮޑުވުން ފާހަގަކޮށްފައިވެއެވެ.
Dec 10
މަސްވެރިންގެ ދުވަސްPosted by Dh. Meedhoo Masverin on Wednesday, December 9, 2020
ދިވެހިންގެ މި ސިނާއަތް މަދު ބައެއްގެ އަތްދަށުވެ، ސިނާއަތް ނެތިދިއުމުގެ ކުރިން މަސްވެރިންނާއި، އޮޑިވެރިން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި، ބޮޑުކަންނެލި މަސްވެރިންގެ ހާއްސަ ސުލްހަވެރި ދޯނި ބުރެއް މާލޭ ސަރަޙައްދުގައި ބާއްވާ، މަސްވެރިންގެ ކަންބޮޑުވުން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްވެސް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.
އެޖަމިއްޔާއިން ބުނެފައިވެއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) ގެ ނަމުގައި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް މިޖަމިއްޔާ ރަޖިސްޓްރީކޮށްފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ9 ވަނަ ދުވަހުއެވެ. މިޖަމިއްޔާއިން އަންނަނީ ތަފާތު ހަރަކާތްތައް މަސްވެރިންނާއި ގުޅިގެން ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!