ޖަޕާނުގެ މަތިން ފެނުނު ގިނިހިލައިގެ ވާހަކައިން މިއަދު މިވަނީ މީސް މީޑިޔާ ފުރާލާފައެވެ. ގިނަ ބަޔަކަށް މި މަންޒަރު ފެނުމާއި އެކު ފޯނުތަކުގެ ކެމެރާތަކުގެ ޒަރީޢާއިން މި މަންޒަރުވަނީ ވަރަށް ވެސް ރީތިކޮށް ރެކޯޑުކޮށް މުޅި މީސްމީޑިޔާއަށް ބަންޑުންކޮށްލާފައެވެ.

ޖަޕާނު މަތިން މި ފެނުނު ގިނިހިލަ އެންމެ ރީތިކޮށް ފެނިފައިވަނީ ޖަޕާނުގެ މެދު އަދި ހުޅަނގުގެ އަވަށްތަކަށެވެ. މަންޒަރު ދުށް މީހުން އަދި ފޮޓޯ/ވީޑިޔޯގެ ޒަރީޢާއިން ފެންނަ ފެނުމަށް މި ގިނިހިލަ އާދަޔާ ޚިލާފަށް އަލިގަދައެވެ. އެއްބަޔަކު މިއީ ގިނިހިލައެއް ކަމަށް ބުނަމުން ދާ އިރު އަނެއް ބަޔަކު ބުނަމުން ދަނީ މިއީ އޮއްސުނު ތަރިއެއް ކަމަށެވެ.

Ad
rt

ކިޔޯޑޯ ނޫހަށް މަޢުލޫމާތު ދެމުން އަކާޝީ މުނިސިޕަލް ޕްލެނެޓޭރިޔަމްގެ ޑިރެކްޓަރ ޓަކޭޝީ އިނޯއޭ ބުނެފައިވަނީ ރޭގައި ފެނުނު އަލިގަނޑު ފުރާ ފުރިހަމަވެފައިވާ ހަނދުހާ އަލިގަދަކަމަށެވެ. އާދިއްތަ ދުވަހުގެ މަދު ސިކުންތުކޮޅަކު މި އަލިގަނޑު ޖަޕާނުގެ މަތިން ފެނުނު އިރު މިހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ވަނީ މި މަންޒަރު ރެކޯޑުކޮށްފައެވެ.

"އިރުކޮޅަކަށް މުޅި އުޑުމަތި އެއްކޮށްހެން އަލިވި. އެއީ ގުގުރާ ވިދުމެއް ނޫންކަން ޔަޤީން"

ޓްވިޓަރ ގައި ޖަޕާނުގެ ރައްޔިތަކު ފޮޓޯއާއި އެކު މި މަންޒަރު ހިއްސާކޮށްފައިވެއެވެ.

މިފަދަ އެހެން މަންޒަރެއް މިދިޔަ ޖޫން މަހު ޖަޕާނުގެ ޓޯކިޔޯ މަތިންވެސް ވަނީ ފެނިފައެވެ. އަދި އޭރު ބެލެވިފައި އޮތީ އެއީ އޮއްސެމުން ދިޔަ ތަރިއެއް ކަމަށެވެ. ނަމަވެސް، ފަހުން ސައިޓިސްޓުން ހާމަކޮށްފައިވަނީ އެއީވެސް ގިނިހިލައެއް ކަމަށެވެ.