މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ނިންމުމާއިއެކު، ޕީޖީ ގްރޫޕަށް މަލީހު ފާޑުވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދަންނަވަން އެމްޑީޕީ ޕަރލިމެންޓަރީ ގްރޫޕުން މިއަދު ފާސްކުރުމާއެކު މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ތިމަންނާމެންގެ ވެރިކަމެއްގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއަށް އިތުބާރު ނެތްކަމަށް ފާސްކުރުމަކީ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް ކަމަށެވެ.

Ad
rt

"އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު"

މަލީހުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުނަ މަލީހު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ މަގާމަށް ވަޑައިގެންނެވިއިރު އެ މަނިކުފާނުގެ ދޫ މޯގޭޖްކުރުމަށްފަހު ސެޓްފިކެޓް އެމްޑީޕީއާ ހަވާލުކޮށްފައި ނުވާނެ ކަމަށެވެ.

"މަކަރުވެރި ހީލަތްތެރި ގޮތެއްގައި ކޯލިޝަންގެ މިނިސްޓަރުން ބޭރުކުރުމުގެ ނުބައި ޕްލޭން ކުރިޔަށް ގެންދަވަނީ. މުޅި އެތި ޖަހައިގަތުމުގެ ޕްލޭން،"

މަޖިލީހުގެ ސުޕަ މެޖޯރިޓީ މައިނޯރިޓީއަށް ވެސް ބަދަލުވެދާނެ ކަމަށް ވިދާޅުވަމުން މަލީހު ވިދާޅުވެފައި ވެއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ ޓެލެކޮމިޔުނޭޝަން ގާނޫނުގައި ބުނާ ކޮމިޔުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭއެއްވެސް ގަވާއިދެއް، މަގާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށް ބުނެއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 މެންބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.