2022 ވަނަ އަހަރުގައި ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ކޮލިފައިވުމަށްޓަކައި ދެކުނު އެމެރިކާ ޒޯންގައި ހިމެނޭ 10 ޤައުމުގެ މެދުގައި ބާއްވާ ކޮލިފައިން މެޗުތައް ބުރާސްފަތި ދުވަހުގެރޭ ފަށާފައި ވާއިރު ހުކުރު ދުވަހުގެ ރޭވެސް ވަނީ ދެ މެޗެއް ކުޅެފައެވެ. އެގޮތުން ބްރެޒިލް ބޮލީވިއާއާއި ދެކޮޅަށް ކުޅުނުއިރު ކޮލަމްބިއާ ކުޅުނީ ވެނިޒުއޭލާއާއި ދެކޮޅަށެވެ.

ވޯލްޑްކަޕްގެ އެންމެ ކާމިޔާބް ޓީމް ކަމުގައިވާ ބްރެޒިލްއިން ބޮލީވިއާ ބަލިކުރީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ބްރެޒިލްގެ ސައުޕޯލޯގައި ކުޅުނު މެޗްގެ ފުރަތަމަ ގޯލް މެޗްފަށައިގެން 16 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މާކުއިނޯސްއެވެ. ބްރެޒިލްގެ ދެވަނަ އަދި ތިންވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯއެވެ. މެޗްގެ ދެވަނަ ގޯލް 30 ވަނަ މިނިޓްގައި ފެނިގެންދިޔައި ތިންވަނަގޯލް ފިރްމީނޯ ކާމިޔާބުރކުރީ 49 ވަނަ މިނިޓްގައެވެ. ބްރެޒިލްގެ ހަތަރުވަނަ ގޯލަކި ބޮލީވިއާގެ ކަރެސްކޯގެ ފަރާތުން ބައިކޮޅަށްވަން ގޯލެކެވެ. ބްރެޒިލްގެ ފަސްވަނަ ގޯލް މެޗްގެ 73 ވަނަ މިނިޓގައި ކަމިޔާބުކޮށްދިނީ ބާސެލޯނާއަށް ކުޅެމުން އަންނަ ފިލިޕް ކޫޓީނިއޯއެވެ.

Ad
rt

ބޮލީވިއާއަތުން ހޯދި މޮޅާއިއެކު ބްރެޒިލްވަނީ ވޯލްޑަކަޕް ކޮލިފައިންގައި ބްރެޒިލްގައި ކުޅުނު މެޗްތަކުން މިހާތަނަށް ބަލިނުވެ ދަމަހައްޓަމުންއައި ރެކޯޑް 55 މެޗަށް ފުޅާކޮށްފައެވެ. އެގޮތުން ބްރެޒިލް ވަނީ ވޯލްޑަކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން 43 މެޗުން މޮޅުވެ 12 މެޗް އެއްވަރުކޮށްފައެވެ.

ދެކުނު އެމެރިކާ ޒޯންގައި ކުޅުނު އަނެއް މެޗްގައި ކޮލަމްބިއާ ވަނީ 3-0 ފަސޭހަކަމާއިއެކު ވެނިޒުއޭލާ ބަލިކޮށްފައެވެ. މެޗްގެ ތިންގޯލްވެސް ފެނިގެން ގޮސފައިވަނީ ފުރަތަމަ ހާފްގައެވެ. އެގޮތުން ފުރަތަމަ ގޯލް 16 ވަނަ މިނިޓްގައި ޒަޕާޓާ ކާމިޔާބުކޮށްދިންއިރު މެޗުގެ ފަހު ދެ ގޯލްވެސް ފެނިގެންގޮސްފައި ވަނި މިއުރިއެލްގެ ފަރާތުންނެވެ. މެޗްގެ ދެވަނަ ގޯލް 26 ވަނަ މިނިޓްގައި މިއުރިއެލް ކާމިޔާބުކޮށްދިންއިރު މެޗުގެ ފަހު ގޯލް މިއުރިއެލް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައެވެ.